ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްފުﷲ ޝަމާލް ރަސްމީ ދަތުރު ފުޅެއްގައި އެމެރިކާ އަށް ފުރާވަޑައި ގެންފި އެވެ.
މި ދަތުރު ފުޅަކީ އިންޑިއަން ޕެސިފިކް އޯޝަންގެ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރު ފުޅެކެވެ.
"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" އޮންނަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީގައެެވެ.
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއެކު މިދަތުރު ފުޅުގައި ދެން ބައިވެރިވެ ވަޑައި ގަންނަވަނީ ސާޖަންޓް މޭޖަ ހަސަން ފަޔާޒް އެވެ.



