އެންމެ ތުއްތުކުދިންނަށް ފަރުވާދިނުމަށް ބޭނުންކުރާ "ބޭބީ އިންކިއުބޭޓަރ" ނެތިގެން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖަކު ނިޔާވެއްޖެއެވެ.
އުމުރުން އެއް ދުވަހުގައި އިއްޔެ ނިޔާވެފައިވަނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވިހޭ ސ.މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާންއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޢާއިޝަތު އީވް ނިޔާވެފައިވަނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލައި، އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި މާލެ ފޮނުވާލި ދަތުރުމަތީގައި ފްލައިޓްގައި ކުއްޖާ ނިޔާވިކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކުރެއްވިއެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ، ނިޔާވި އެ ތުއްތު ކުއްޖާ ވެހެއީ ދުވަސް ނުފުރާ ކަމަށާއި، ވިހޭއިރުވެސް ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައިވެސް ވެންޓިލޭޓަރު އެބަހުރި ކަމަށާއި، ނަމަވެސް އެންމެ ތުއްތު ކުދިންނަށް ފަރުވާދޭނެ ވެންޓިލޭޓަރު މިވަގުތު ހޮސްޕިޓަލުގައި ނެތްކަމަށެވެ.
ބޭބީ އިންކިއުބޭޓަރެއް ނެތިގެން އައްޑޫން މާލެ ފޮނުވާލި ތުއްތު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާއިރު، ވަރަށް އަވަހަށް އެފަދަ މެޝިނެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ލިބޭނެކަމުގެ ޚަބަރު ލިބިފައިވާކަމަށްވެސް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނިޔާވި އުމުރުން 1 ދުވަހުގެ، ސ.މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާންގެ މަށްޗަށް ކަށުނަމާދުކޮށް ވަޅުލާފައިވަނީ އިއްޔެ ހެނދުނު އާސަހަރާގައެވެ.
ހިޔާލު
Thy hama aamu kameh mageydhariahves innan varahvureh ginain beysdhygen hury Leah censer jehifa
ކޮމެންޓް ކުރުން ބަންދު