ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަން މެނޭޖަރ ކުއްލި ގޮތަކަށް ވަކިކޮށްފި

ހައްޖު ކޯޕަރޭޝަންގެ ހައްޖު އޮޕަރޭޝަން މެނޭޖަރ އަހުމަދު އަސްލަމް އަބްދުﷲ ކުއްލި ގޮތަކަށް އެމަގާމުން ވަކިކޮށްފި އެވެ.

އަސްލަމް އެމަގާމުން ވަކިކޮށްފައިވަނީ، މަގާމުން އިސްތިއުފާ ދިނުމަށް އެންގުމަށް ފަހުގައި ކަމަށް ފެށުމަށް އިނގިފައި ވެއެވެ. އަސްލަމް މަގާމުން ވަކިކުރިކަން އަންގައި، އޭނާއަށް މިއަދު ވަނީ ޗިޓް ހަވާލުކޮށްފައެވެ. އެ މަގާމުގައި އޭނާ ހުންނަތާ ދެ އަހަރު ފަހުން ވަކިކޮށްފައިވަނީ ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ބުނެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހައްޖު އަދި އުމުރާގެ އޮޕަރޭޝަން ކަންތައް ބަލަހައްޓަމުން އަންނަ އަސްލަމް ވަކިކުރުމުގެ ކުރިން އޭނާގެ ބަަދަލުގައި އެހެން ފަރާތެއް އެމަގާމަށް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

ދިވެހި ސަރުކާރު ހިއްސާވާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަކީ ފުޅާދާއިރާ އެއްގައި ހައްޖަށް މީހުން ގެންދާ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ