ފޮޓޯ: އަވަސް

ޕީޕީއެމް އާއި އެ ޕާޓީގެ ހަޒާންދާރު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީޕީއެމް އާއި އެ ޕާޓީގެ ހަޒާންދާރު އަހްމަދު މުސްތަފާ، ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޕީޕީއެމް އާއި އެ ޕާޓީގެ ހަޒާންދާރު ޖޫރިމަނާ ކޮށްފައިވަނީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި އެއްގޮތައް މާލީ ކަންކަން ބަލަހައްޓައިފައި ނުވާތީ އެވެ.

އެގޮތުން ޕީޕީއެމް 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، ޤާނޫނާއި އެއްގޮތައް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ ވަނީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި އެ ޕާޓީގެ ހަޒާންދާރު މުސްތަފާ 10،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ކޮންމެ އަހަރެއް ނިމުމުން ގިނަ ވެގެން 90 ދުވަސް ތެރޭގައި، ފާއިތުވެ ދިޔަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި ވެއެވެ.

ޕީޕީއެމް އާއި އެ ޕާޓީގެ ހަޒާންދާރު މުސްތަފާ، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރީން މި ފައިސާ ދެއްކުމަށް ވަނީ އިލެކްޝަންސް ކޮމިޝަނުން އަންގާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ