ރުޤިއްޔާ - ފޮޓޯ: ސަން

އެންސްޕާގެ ޑެޕިއުޓީ ސީއީއޯ އަކަށް ރުޤިއްޔާ އައްޔަންކޮށްފި

އެންސްޕާގެ ޑެޕިއުޓީ ސީއީއޯ އަކަށް ރުޤިއްޔާ އައްޔަންކޮށްފިއެވެ.

މިހާރު އެމްޑީޕީ ގައުމީ ކައުންސިލްގައި މަހިބަދޫ ދާއިރާގެ ރައީސްއަކަށްހުރި ރުޤިއްޔާ 2009 އިން ފެށިގެން 2014 އާއި ހަމައަށް މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކޮށްފައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރުގެ އިންތިޚާބުގައިވަނީ ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފައެވެ.

ރުޤިއްޔާ އަކީ އެމްއެމްޕީއާރސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހަައްމަދުގެ އަނބިކަބަލުން، އަދި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލީ ވެސް ބޭކަނބަލެކެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަކީ ގައުމުގެ އިޖުތިމާއީ އަދި ސިއްހީ އިންޝޫރަންސްގެ ކަންތަށް ބެލެހެއްޓުމާއި ސޯޝިއަލް ޕްރޮޓެކްޝަން އަމަލުގެ ދަށުން ޕްރޮގްރާމްތައް އިންތިޒާމުކޮށް ހިންގުމަށް 2008 ވަނަ އަހަރު އޮގަސްޓް 27 ވަނަ ދުވަހު އެކުލަވާލެވިފައިވާ އޭޖެންސީއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ