ދިވެހިރާއްޖޭގައި ދަތުރުފަތުރުކުރުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާ ޚިލާފަށް ދަތުރުކުރި ދޯންޏެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދޯނި އެމްއެންޑީއެފް އިން ހިފަހައްޓާ ބަލާ ފާސްކޮށްފައިވަނީ ފުލުހުންނާ ސިފައިން ގުޅިގެން ހިންގަމުންދާ ޚާއްޞަ ފަރިތަކުރުންތަކުގެ ތެރެއިން މިއަދުއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެމްއެންޑީއެފް ސަދަރން އޭރިއާއިން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ކޯސްޓްގާރޑް ސްކޮޓްރަން ސްކޮޑްރަން އިން އުޅަނދުތަކުގެ މޫވްމަންޓް ބަލާ ޗެކް ކުރުމުގެ ތެރެއިން ފޭދޫއިން ފުރައިގެންދިޔަ މުދާ އުފުލާ ދޯންޏެއް ޗެކްކޮށްފައިވާ ކަމަށެވެ.

މި ދޯނި ބަލާ ފާސްކުރުމުގެ ތެރޭގައި ދޯނީގައި އެއްވެސް ދިވެއްސަކު ނެތްކަމާއި، ހުސް ބިދޭސީން ތިބިކަން އަދި ދޯނީގައި ނަމެއް ނެތްއިރު ދޯނީގެ ނަން އެނގޭ މީހަކުވެސް ދޯނީގައި ނެތްކަން ފާހަގަކުރެވުނުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ދޯނީގެ އެއްވެސް ސެޓްފިކެޓެއް ނެތްކަމަށާއި، ދޯނީގައި ތިބި އެއްވެސް ބިދޭސީއެއްގެ އަތުގައި ވޯކް ޕަރމިޓްވެސް ނެތްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި، ދޯނި ދަތުރުކުން ހުއްޓުވުމަށްފަހު، ދޯންޏާއި ދޯނީގައި ތިބި ބިދޭސީން ވަނީ ޕޮލިހުންގެ ބެލުމުގެ ދަށުގައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިވަގުތު ފޭދޫ ބަނދަރުގައި އޮތް މި ދޯނީގައ ހުރީ ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބަރާންޗަށް ގެންދާ 6000 ލިޓަރ ޑީސަލް އަދި ފިހާރައަކަށް ގެންދާ އައިސްކުރި ކުކުޅު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާއިރު ރެއިން ފެށިގެން އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ޚާއްޞަ ތަމްރީރުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.





ހިޔާލު
މީ ޤައުމީ ސަލާމަތަށްހުރި ކިހާނުރައްކާތެރި ކަމެއް؟ މިކަމާ ކާކުބާ ވިސްނަނީ.