ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

އެޗްޑީސީގެ 148 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 148 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މި 148 މުވައްޒަފުންގެ ތެރޭގައި އަމިއްލައަށް އިސްތިއުފާ ދިން މުވައްޒަފުންވެސް ހިމެނޭ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު  ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެޗްޑީސީ އަށް 150 މުވައްޒަފުން ވައްދާފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މި މުވައްޒަފުންގެ މުސާރައާއި އެލަވެންސަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާ ކަމަށްވެސް އޭރު ވާހަކަ ދެކެވުނެވެ.

އެޗްޑީސީން ވަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް ޔާމިނުގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ހަރަކާތްތެރި ވެފައެވެ.

ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް، ނުވަތަ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ވިޔަސް ދައުލަތުގެ ބަޖެޓުން ހޭދަކޮށް، މުދަލާއި ވަސީލަތްތައް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ.

މިކަންކަން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ