ރަށުގައި ވައްކަން އިތުރުވެފައި ވާކަމަށް ބުނެ ވައްކަން ކޮންޓްރޯލު ކުރުމަށް ދިއްފުށީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މާރާމާރީ ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ތިބި ތަންތަނަށް ރައްޔިތުންގެ ތެރެއިން ބަޔަކު ވަދެ ގަދަކަމުން އެމީހުން ނެރެ މާރާމާރީ ހިންގާފައިވެއެވެ.
މި މާރާމާރީ ތަކުގައި ތޫނު އެއްޗެހިވެސް ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިހާތަނަށްވަނީ މި މާރާމާރީ ތަކާއި ގުޅިގެން 5 މީހަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ގެއްލުން ލިބުނު މީހުންގެ ތެރެއިން ދެމީހަކަށް އިތުރު ފަރުވާ ދިނުމަށްވަނީ މާލެ ގެނެސްފައެވެ.

ދިއްފުށީގެ އަމަނު ބަލަހައްޓަން ފުލުހުން މިހާރުދަނީ އެރަށުގައި ހަރަކާތްތެރި ވަމުންނެވެ.




ހިޔާލު
heyokoh thi hedhy thikahala gina bayaku hoadhan v