"ލަސްވިޔަސް"ގެ އަންހެން ލީޑަކަށް އާ ތަރިއެއް!

ފިލްމް އިންޑަސްޓްރީގެ އެންމެ ކުޅަދާނަ ޑައިރެކްޓަރު، މުހައްމަދު ނިޔާޒު (ޓެޑްރީ) ގިނަ އަހަރުތަކެއް ފަހުން ގެނެސްދޭ ފިލްމް “ލަސްވިޔަސް” ގެ އަންހެން ބަތަލާއަކަށް ޝިފާ ހަމަޖައްސައިފިއެވެ. މިއީ ޝިފާ ފިލްމީ ދާއިރާއަށް ތަޢާރްފަވާ ފިލްމްވެސްމެއެވެ.

އިޓާނަލް ޕިކްޗާސް އިން ދާދިފަހުން ހާމަކުރިގޮތުގައި، ފިލްމް "ލަސްވިޔަސް" އަށް ޝިފާ މިހާރު ވަނީ ހަމަޖައްސައިފައެވެ. ޝިފާ އާއެކު، މި ފިލްމްގެ ލީޑު ރޯލުން ފެނިގެންދާނީ، ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު، ޒޯޔާ ހަސަންއާއި، އެކްޓަރު އަހުމަދު އީސަ (އަނަންދު) އެވެ.

މި ފިލްމް އިން ޝިފާ ފިލްމީ ދާއިރާއަށް ތައާރަފްވާއިރު، ޝިފާ އަކީ މީގެ ކުރިން ވަނީ ޓީވީ ޕްރެސެންޓަރެއްގެ ގޮތުގައި އާއްމުންނަށް ފެނިގެންގޮސްފައެވެ.

2017 ވަނަ އަހަރު “ލަސްވިޔަސް” އިއުލާންކުރިއިރު، މި ފިލްމްގެ ކުޑަ ޓީޒާ ކޮޅެއްވެސް ވަނީ ދައްކާލައިފައެވެ.

“ލަސްވިޔަސް” އަކީ ޓެޑްރީގެ ތިން ވަނަ ފީޗަރ ފިލްމެވެ. ޓެޑްރީގެ އެންމެ ފުރަމަ ޑައިރެކްޝަން އަކީ، 1994 ގައި ރިލީޒް ކުރެވުނު ފިލްމު ’ދެރިޔާ‘ އެވެ. މިފިލްމް ވަނީ، ބޮޑު ކާމިޔާބީއެއް ހޯދާ، އެންމް މޮޅު ފިލްމްގެ އެވޯޑުވެސް ހާސިލް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ