ހަތް ބުރެއްގެ މަތިން އިންޑިއާގައި ކުރިއަށްދިޔަ އިންތިހާބުގެ ވޯޓު ލުން މެއި 19 ވަނަ ދުވަހު ނިންމައި މިއަދު ވޯޓު ގުނަން ފަށައިފިއެވެ.
އިންޑިއާ ގަޑިން މިއަދު 8:00 ގައި ވޯޓު ގުނަން ފަށައިފައިވާއިރު ވޯޓު ގުނައި ނިންމައި މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެކަމަށް ލަފާކުރެވެއެވެ.
ވޯޓު ލުމުގެ ހައްގު ލިބިގެންވާ 900 މިލިއަން މީހުންގެ ތެރެއިން 67 އިންސައްތައަށްވުރެ ގިނަ މީހުން އިންތިހާބުގައި ވޯޓު ލައިފައިވާކަމަށް އިންތިހާބާ ބެހޭ އިދާރާގެ ރަސްމީ ލިޔުންތަކުން ދައްކައެވެ. މިއީ އިންޑިއާގެ އިންތިހާބެއްގައި ވޯޓު ލުމަށް އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވި ފަހަރެވެ.
ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުން ވަނީ 272 ގޮނޑި އެވެ. 272 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް އިންޑިއާގެ އާ ސަރުކާރު އެކުލަވާލުމުގެ ބާރު ލިބިގެން ދާނެއެވެ.
މިހާތަނަށް ގުނުނު ވޯޓުން ކުރީގައި އުޅެނީ މިހާރުގެ ބޮޑު ވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުންނެވެ.