މެލޭޝިޔާއަށް ދިޔަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީން ވިދާޅުވީ އައިސޮލޭޝަން ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެއިން މެލޭޝިޔާއަށް ދިޔަ ދިވެހި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަންހެން މީހާ އައިސޮލޭޝަން ފުރިހަމަ ކުރެއްވުމަށްފަހު މެލޭޝިޔާއަށް ގޮސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ރާއްޖެއިން މިހާތަނަށް 6779 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި 26 ފަރާތެއް ވަނީ ނިޔާވެފައެވެ. އަދި 4222 ފަރާތެއް މިބަލިން ރަނގަޅުވެފައިވާއިރު، 2531 މީހަކަށް ދަނީ މިހާރުވެސް ފަރުވާ ދެމުންނެވެ.
162 ފަރާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، 11 ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. އަދި އޭގެތެރެއިން 8 ފަރާތަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.