ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދެ ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ދެ ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެ އެވެ.

މި ދެ ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވިގެން 2020 މާރޗް 27 ވަނަ ދުވަހާއި 2019 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ސައިކަލެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ. މި ދެ ސައިކަލުގެ ރަޖިސްޓްރީ ނަންބަރަކީ AA0A P8496 އަދި AA0A P9195 އެވެ.

މި ދެ ސައިކަލު ވެރިފަރާތުން 2020 އޮގަސްޓް 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުމަށް ފުލުހުން އެދިވަޑައިގެންފައި ވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލާ ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް