ބޮޓްސްވާނާގައި 2014 ވަނަ އަހަރުން ފެށިގެން އެތް ޝިކާރަކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައި، އެތް ޝިކާރަކުރުން މިދިޔަ ބުދަ ދުވަހު ހުއްދަ ކޮށްފިއެވެ.
އެފްރިކާގެ ދެކުނުގައި އޮންނަ ބޮޓްސްވާނާގައި 130،000 ވުރެ ގިނަ އެތް އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެތް ޝިކާރަ ކުރުން ހުއްދަ ދީފައި މިވަނީ އެތުގެ ސަބަބުން އެގައުމުގެ ދަނޑުވެރިން ހައްދާ ދަނޑު ތަކަށް ގެއްލުން ވާތީއެވެ.
އެގައުމުގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، އެތް ޝިކާރަ ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައިފައި ވާކަމަށާއި އެތް ޝިކާރަ ކުރަނީ އެންމެ އެކަށީގެންވާ ރަނގަޅު ގޮތުގައި ކަން ކަށަވަރު ކުރާނެ ކަމަށެވެ.
ބޮޓްސްވާނާ އަކީ އާބާދީގައި 2.3 މީހުން ދިރިއުޅޭ، ދުނިޔޭގެ އެހެން ހިސާބުތަކުން ނުފެންނަ ފަދަ ދިރޭ ތަކެތީގެ މުއްސަނދި ކަމެއް ލިބިފައިވާ ގައުމެކެވެ.