އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަނީ

މަރުހޫމް އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ކުރިއަށްގެންދަން ނިންމައިފިއެވެ. މި މުބާރާތުގައ 140 ދަރިވަރުން ވާދަކުރެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ޤުރުއާން މުބާރާތް އިންތިޒާމް ކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ އެއްކަމަށްވާ ޗައިލްޑް އެބިޔުސް ޕްރެވެންޝަން ސޮސައިޓީ އިންނެވެ.

މިމަހުގެ 26 އިން 27 އަށް ހުޅުމާލޭ ގާޒީ ސްކޫލުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށްގެންދަނީ ތިން އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ ހަ އަހަރާއި ހަތް އަހަރާއި ދެމެދުގެ އުމުރުފުރާ، ހަތް އަހަރާ 10 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 10 އަހަރާ 15 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.

އެ ޖަމްއިއްޔާގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވީ، އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަން ނިންމީ އިބްތިހާލަށް ދިމާވި ހާދިސާގެ ހަނދާން އާކޮށް އެކަމުން އިބްރަތް ލިބިގަނެ، އެފަދަ ކަންތައް ތަކުރާރުވުން ހުއްޓުވުމަށްޓަކައި ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް މޯލްޑިވިއަން އާއި ދިރާގު އަދި ވޭލް ސަބްމެރިން އިން ދިން އެހީ ހަމީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ގާޒީ ސްކޫލާއި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ވ. ރަކީދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލު މަރާލާފައިވަނީ އަނިޔާވެރިގޮތަކަށެވެ. އެކުއްޖާގެ މަރުގެ މައްސަލާގައި މަންމަގެ މައްޗަށް ދައުވާ އުފުލައިވީ ނަމަވެސް މައްސަލައިގެ ޝަރީއަތް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ