ކުރިއަށް އޮތް ފަސް ދުވަހުވެސް ވިއްސާރަ ކުރާނެ - މެޓް

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭއަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ހަމަ އެއާއެކު ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖެއަށް ވިއްސާރާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަ ނަމަވެސް ނަމަވެސް އުތުރުގެ އަތޮޅުތަކަށް ގަދަ ނޫން ކަމަށާއި، ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހަވީރު މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު ހަވީރު 03:130 އިން ފެށިގެން މިރޭ 08:00 އާ ދެމެދުގެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ