އެއާޕޯޓް މަގުގައި އެކްސިޑެންޓެއް ހިނގައިފި

ދިވެހިރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ތަރައްޤީ ކޮށްފައި އޮންނަ މަގުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރު 12:10 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ އެމްއޭސީއެލްގެ ތެޔޮ ބައުޒަރަކާއި، ޓެކްސީއެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގި ވަގުތަކީ މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެކެވެ.

މި އެކްސިޑެންޓުގައި ތެޔޮ ބައުޒަރުން ޓެކްސީގެ ފަހަތުގައި ޖެހުމުގެ ސަބަބުން ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައި އޮތް އެއާޕޯޓް މަގުގައި އެކްސިޑެންޓެއް ހިނގިއިރު، މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ