ޓެކްސީގައި ޖެހުނު ބަސް ދުއްވި ޑްރައިވަރާމެދު އިދާރީ ފިޔަވަޅު އަޅަނީ

މިހިނގާ މޭމަހުގެ 9 ވަނަ ދުވަހު ހުޅުމާލޭގެ ނިރޮޅުމަގުން ހަބީބު ބޭންކް ކަރިގައި އެމްޓީސީ ބަހަކާއި ޓެކްސީއެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ބަސް ދުއްވި ޑްރައިވަރާމެދު އިދާރީ ފިޔަވަޅެއް އަޅަން ނިންމާފައިވާކަން އެމްޓީސީސީގެ ސީއީއޯ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ހާމަ ކުރައްވައިފިއެވެ.

އެކްސިޑެންޓުގެ ހަގީގަތް މީޑިއާތަކަށް ހާމަކުރައްވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވެފައިވަނީ، އެކްސިޑެންޓު ހިނގީ ނިދިގެން ނޫންކަމަށް ފުލުހުން ވެސް ފަހުން ބުނެފައިވާކަމަށެވެ. އަދި އެއީ ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށެވެ. 

މިއެކްސިޑެންޓު ހިނގިއިރު ޑްރައިވަރު ބަހުގައި އިން ޑޮކްޓަރަކާ ވާހަކަ ދައްކަން އިންތަން ފެނުނުކަމަށް ބަހުގައި ތިބި މީހުންނާ ހަވާލާދީ އެމްޓީސީސީގެ ސީއީއޯވަނީ މިއަދު ވިދާޅުވެފައެވެ. 

"އޭނާއާ މެދު އެޗްއާރުން ވަރަށް އަވަހަށް ފިޔަވަޅު އަޅާނަން" ޝާހު ވިދާޅުވެފައިވެއެވެ. 

ކުރިން އަޑު އަރާފައި އޮތީ މި އެކްސިޑެންޓު ހިނގީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށެވެ. 

"އޭނާއަށް ހަމަ ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން ހަމަ ގޮއްސަ ކުރީގައި އޮތް ކާރެއްގައި ޖެހިފައި އެކްސިޑެންޓްވީ. ބަހުގަ ތިބި މީހުން އެބަބުނޭ އޭނާއާ ކޮންޑަކްޓަރާ ވާހަކަ ދައްކަންވެސް [ހުއްޓޭ]." ޝާހު ވިދާޅުވެފައިވެއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ