ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް - ފޮޓޯ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ބިދޭސީއަކާއި ދިވެއްސަކާ މާރަމާރީ ހިންގައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކާއި ދިވެއްސަކު، ހުޅުމާލޭ ލޯކަލް މާރުކޭޓް ތެރޭގައި ތަޅައި މާރަމާރީ ހިންގައިފި އެވެ.

ރޭ ދަންވަރު 12:17 ހާއިރު ރިޕޯޓްކުރެވުނު މިމާރާމާރީއާއި ގުޅިގެން ފުލުހުން ވިދާޅުވީ މިމާރާމާރީގައި ދިވެހި މީހާ އަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އަދި މައްސަލަ ހުށައެޅި ފަރާތުން ދަޢުވާ ކުރަން ބޭނުންނުވާތީވެ އުމުރުން 36 އަހަރުގެ ބިދޭސީ މީހާ ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިބިދޭސީ މީހާއަކީ އިމިގްރޭޝަންގެ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް ކަމުން އިއްޔެ އޭނާ ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ބިދޭސީ މީހާއަކީ، ހުޅުމާލޭ ލޯކަލް މާރުކޭޓްގައި ގަވާއިދާ ހިލާފަށް އުޅޭ މީހެއްކަން ފާހަގަ ކުރެވޭ،" ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭ ޤަވައިދާ ޚިލާފަށް ބިދޭސިން އުޅޭ މައްސަލަ އަކީ އާންމު އަބަދުވެސް ކުރަމުންދާ ޝަކުވާއެކެވެ. އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައި ވާއިރު، އޭގެ ތެރެއިން 63،000 މީހުން އުޅެނީ ޤަވައިދާ ޚިލާފަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ