މަހާނަތަކެއް - ފެށުން ފޮޓޯ: ވިސާމް

ކުރިއަށް އޮންނަ އަހަރުގެ ހުރިހާކަމެއް ކަނޑައަޅުއްވަނީ ލައިލަތުލް ޤަދްރިވިލޭރޭ - ޚުޠުބާ

މުޅި ކާއިނާތުގައިވާ އެންމެހާ ކަމެއް ލައުޙުލް މަޙްފޫޟްގައި ލިޔުއްވާފައި ވީނަމަވެސް، ކުރިއަށް އޮތް އަހަރު ހިނގާނެ އެންމެހައި ކަމެއް ލިޔުއްވަނީ ކަނޑައަޅުއްވަނީ ލައިލަތުލް ޤަދްރިވިލޭރޭ ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މާތް ﷲ ގެ ވަހީ ބަސްފުޅުތަކުގެ އަލީގައި އަދުގ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، މީސްތަކުންގެ ރިޒްޤާއި، އުފަންވުމާއި، ދިރިހުރުމާއި މަރުވުންފަދަ އެންމެހާ ކަމެއް ކަނޑައަޅުއްވަނީ ކޮންމެ އަހަރެއްގެވެސް ލައިލަތުލް ޤަދްރިވިލޭރޭ ކަމަށެވެ.

"އެރޭ ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ." ﷲ ތަޢާލާގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވާ ކަމަށާއި، އެއީ ލައިލަތުލް ޤަދްރިވިލޭރޭ ކަމަށެވެ. އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުއިރު، އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ.

"ލައިލަތުލްޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ މާތްކަން ބޮޑުކަން ބަޔާންކޮށް މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރަމަޟާން މަހުގެ ކޮންމެ ރެއެއްގައިވެސް ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމަށް ރިވާވެގެންވާކަމަށާއި، ފަހުދިހައިގެ ތެރޭގައި ލައްވާފައިވާ މާތްވެގެންވާ ލައިލަތުލްޤަދްރި ވިލޭރެއަކީ ރަޙްމާންވަންތަ، ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެއް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމްރުފުޅަކާއިގެން އެރޭ ފައިބާވަޑައިގަންނަވާނެތެވެ." މާތް ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

އިތުރަށް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ލައިލަތުލްޤަދްރިވިލޭރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަފުއްސެވުންއެދި މަލާއިކަތުން ދުޢާ ކުރައްވާނެ ކަމަށާއި، އެރެއަކީ ފަތިސްވެ އަލިވިލެންދެން އަމާންވެގެންވާ ރެއެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް