މަސްތުވާތަކެއްޗާއެކު އުމުރުން ދުވަސްވީ އަންހެނަކާއި މެދުއުމުރުގެ ފިރިހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މެއި 22 ވަނަ ދުވަހުގެ 10:11 ހާއިރު ހިންގި މިއޮޕަރޭޝަންގައި މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ބުލެޓު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާއިރު، ރާއްޖޭގެ ކަންކޮޅުތަކަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ފުލުހުން ދަނީ ހިފާ ހައްޔަރުކުރަމުންނެވެ.