ވާވޭގެ މައްސަލަ ހައްލު ކުރެވިދާނެ ކަމުގެ އިޝާރާތެއް ޓުރަމްޕް ދެއްވައިފި

ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ނަން މަޝްހޫރު ޗައިނާގެ ކުންފުނި، ވާވޭ އާއި ދެކޮޅަށް އެމެރިކާގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް އައިސްދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ދެއްވައިފިއެވެ.

ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޓުރަމްޕް ވިދާޅުވެފައިވަނީ، ވާޥޭއަކީ ވަރަށް ނުރައްކާތެރި ކުންފުންޏެއް ކަމަށާއި ނަމަވެސް ޗައިނާ އާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުމެއްގެ ތެރޭގައި ވާވޭގެ މައްސަލަ ހިމެނިދާނެ ކަމަށެވެ.

ނަމަވެސް ވާޥޭ ކުންފުންޏަށް ދޭން ވިސްނަނީ ކޮންކޮން ލުއިތަކެއްކަން ޓުރަމްޕް ފާހަގަ ކޮށްފައެއް ނުވެއެވެ.

ޓުރަމްޕް މިމޭރުމުން ވާހަކަ ދައްކައިފައި މިވަނީ އެމެރިކާގެ ކުންފުނިތައް ވާޥޭ ކުންފުންޏާއެކު އެމެރިކާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މެނުވީ ވިޔަފާރި ނުކުރެވޭނެ ކަމަށް ނިންމައިފައި ވަނިކޮށެވެ.

މިކަމުގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި ވާޥޭއިން އުފައްދާ ފޯނުތަކަށް އެންޑްރޮއިޑް ލައިސެންސް ނުދޭން ގޫގަލްއިން ވަނީ ނިންމާފައެވެ. މިހެން މިކަންތައް ވެއްޖެ ނަމަ ދުނިޔޭގައި މިވަގުތު ސުމާޓް ފޯނު ވިޔަފާރީގެ ދެވަނައިގައިވާ ހުވާއީ ކުންފުންޏަށް ގޮންޖެހުންތަކަކާ ކުރިމަތި ވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ