ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ މުވައްޒަފުންތަކެއް ކާނާވިހަވެގެން ފަރުވާދޭން ފަށައިފިއެވެ.
އެ ރިސޯޓުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ރިސޯޓުގައި ކާނާ ވިހަވެގެން ނުވަ މުވައްޒަފަކަށް މީދޫ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައުވަނީ މިއަދު ހެނދުނުއެވެ.
ރިސޯޓުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވީ، ކާނާ ވިހަވީ ނިސްބަތުން ރިސޯޓުގެ މަދު މުވައްޒަފުންތަކެއް ނަމަވެސް މިކަން ހިނގައިދިޔަގޮތް މިހާރު ބަލަމުންދާ ކަމަށެވެ.
ފަރުވާ ދެމުންގެންދާ މުވައްޒަފުންގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި، ނުވަ މީހުންގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަަށް މަޢުލޫމާތު ލިބެއެވެ.
ރިސޯޓެއްގައު މުވައްޒަފުންތަކެއް ކާނާވިހަވިއިރު، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ރެސްޓޯރަންޓަކުން ސީފުޑް ކައިގެން އެލާޖިކްވެ ކޯމާއަކަށް ދިޔަ، އުމުރުން 24 އަހަރުގެ ކުއްޖަކު ނިޔާވެފައިވެސް ވެއެވެ.





ހިޔާލު
9 myhunnah vure gina meehunnah faruwaa dhin, mauloomaathu saafu kolla dhinun edhen