އިންޑިއާގެ ޓިއުޝަން ސެންޓަރެއްގައި ރޯވެ 19 ކުދިން މަރުވެއްޖެ

އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ސޫރަތް ގައި ހުންނަ ޓިއުޝަން ސެންޓަރެއްގައި އިއްޔެ މެންދުރުފަހު ރޯވެ 19 ކުދިން މަރުވެއްޖެ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާއިރު އަލިފާން ގަނޑު ފެތުރެން ފެށުމުން ގިނަ އަދަދެއްގެ ކުދިން އިމާރާތުން ފުންމާލާތަން ފެނިފައި ވާކަމަށް މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

މިހާދިސާ އާއި ގުޅިގެން އިތުރު 20 ކުދިންނަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބި އިތުރު ފަރުވާ އަށް ގުޖުރާތުގެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ބައެއް ކުދިން ނުފެންނަ ކަމަށް ވެއެވެ. ވީމާ މިހާދިސާގައި މަރުވި ކުދިންގެ އަދަދު އަދި އިތުރުވުން އެކަށީގެން ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ހާދިސާގައި ގެއްލުން ލިބުނު ކުދިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ އެސަރަހައްދުގެ ކަމާބެހޭ އިދާރާ ތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

އިންޑިއާގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައެވެ. މިގޮތުން މިއަހަރުގެ ފެބުރުއަރީ މަހު ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހުން މަރުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް