ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ހުޅުމާލޭގައި ދެކުއްޖަކާ ބެހުނު މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ހުޅުމާލޭގައި ދެ ފިރިހެން ކުދިންނާ ބެހުނު މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައިވާއިރު އެ ދެކުދިންނަށް ހޫޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ. އެ ދެކުދިިންނަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވަނީ ފިރިހެނަކަށެވެ.

ކުޑަ ކުދިން ހިމެނޭ މައްސަަލަކަށް ވާތީ އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ ބެއިންވެގެން ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ