ކުރިއަށް އޮތް ފިތުރު އީދުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ހިއްޞާކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ބެންކުން ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ، އީދު ހަރަކާތްތަކުގެ ފޮޓޯ ހިއްސާކުރާއިރު #އީދުކިހިނެއް (EidKihineh#) މި ހޭޝްޓެގް ޓެގް ކޮށްފައި ޕޯސްޓުކުރާ ފޮޓޯތަކުގެ ތެރެއިން ގުރުއަތުން ތިން ފޮޓޯ އެއް ހޮވާނެ ކަމަށެވެ.
ގުރުއަތުން ހޮވޭ ތިން ފަރާތްތަކަށް، ކޮންމެ ފަރާތަކަށް ބީއެމްއެލްގެ ފަރާތުން 5000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
Kobaa Eid Kihineh? ? Get ready to share your Eid moments with us by posting photos from holidays or family gatherings using #EidKihineh. THREE lucky winners will receive an Eid Hadhiyaa of MVR 5000 each.
— Bank of Maldives (@bankofmaldives) May 25, 2019
? Posts to be shared from 4 – 6 June
? Winners to be chosen on 9 June pic.twitter.com/0c3Fk71KJr
ފޮޓޯ ކޮމްޕެޓިޝަންގައި ބައިވެރިވުމަށް ފޮޓޯ ޕޯސްޓު ކުރުމުގެ ފުރުސަތު އަންނަ ޖޫން ހަތަރަކުން ހަޔަކަށް ހުޅުވާލާއިރު، ނަސީބުވެރިން ހޮވާނީ ޖޫން މަހުގެ ނުވަވަނަ ދުވަހު ކަމަށްވެސް އެބޭންކުން ވިދާޅުވިއެވެ.