ރަސްރަނި ބަގީޗާ - ފޮޓޯ: ސަން އޮންލައިން

މާލޭ ޕާކުތަކަށް މާދަމާއިން ފެށިގެން ވައިފައި ދޫކުރަނީ

މާދާމާއިން ފެށީގެން މާލޭ ޕާކުތަކުގައި ހިލޭ ވައިފައި ލިބޭގޮތް ހަމަޖެހިގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޚިދުމަތް ލިބިގެންދާނީ މާލޭގައި ހުންނަ އާންމުކޮށް މީހުން އެއްވެ އުޅޭ ޕާކުތަކަށްކަމަށް މީޑިއާއާއި ވާހަކަ ދައްކަމުން ޝިފާ ވިދާޅުވިއެވެ. އަދި މިޚިދުމަތާއެކު ޕާކުތަކަށް ހިތްހަމަ ޖައްސައިލުމަށް ގޮސްތިބޭ ފަރާތްތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށާއި އެގޮތުން ކޮންމެ މީހަކަށްވެސް 30 މިނަޓްގެ ހިލޭ ވައިފައި ލިބިގެންދާނެކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ މާލޭ ޕާކުތައް ރައްޔިތުން ބޭނުންކުރަނީ ހިތްހަމަޖައްސާލުމަށްކަމަށާއި އެއްވެސް ރައްޔިތަކު އަބަދު ޕާކުތެރޭ ތިބެދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުދިމް

    މާލޭގަ އެކަނިތަ ޕާކު ހުރީ؟ބަލަގަ ރާއްޖެތެރޭގަތިބީވެސް ރައްޔިތުންނޭ.ރާއްޖެތެރޭ ނިކަމެތިރައްޔިތުންގެ ވޯޓާވެސް އެކީގަޔޭ ވެރިޔަކު މިހޮވަނީ .

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ