ކުޑަކުއްޖަކާއި ބެހުނު މީހާ ގަން ހިންގުވާފައި ގެންދަނީ

ހުޅުމާލޭގައި ކުޑަކުއްޖަކާއި ބެހުނު މީހަކު "ގަން ހިންގުވަައިފި"

ހުޅުމާލޭގައި ކުޑަކުއްޖަކާއި ބެހުނު މީހަކު ބޮކްސާ ފިޔަވައި އެހެން ހުރިހާ އެއްޗެއްސެއް ބާލުވައިގެން "ގަން ހިންގުވަައިފި" އެވެ.

މަންޒަރުދުއް މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ކުޑަކުއްޖަކާއި ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަންނައުނު ބާލުވައިގެން ބަޔަކު އޭނާ ހިންގުވާފައި މަގުމަތިން ގެންގޮސް ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ކުޑަކުއްޖަކާއި ބެހުނު މީހަކު "ގަން ހިންގުވާފައި" ގެންގޮސް ފުލުހުންނާއި ހަވާލު ކުރިއިރު ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރީ މީހުން އަވަހަށް ހައްޔަރު ނުކުރާ މައްސަލައިގައި އަނިޔާ ލިބޭ ކުދިންގެ އާއިލާތަކުން ޝަކުވާކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ފުލުހުން މީހަކު ހައްޔަރު ނުކުރުމުން މިރޭ އާއްމުން ނިކުމެ އޭނާ ފުލުހުންނާއި ހަވާލު ކޮށްފައި ވާއިރު ކ.އަތޮޅު ދިއްފުށީގައި ވެސް ވައްކަން އިތުރުވެ ފުލުހުން ފިޔަވަޅު ނާޅާތީ ރައްޔިތުން ނިކުމެ ވަނީ ވަގުންނަށް ހަމަލާ ދީފައެވެ.

މިފަދަ ކަންތައްތައް ހިނގަނީ ޤާނޫނު ތަންފީޒު ކުރާ އިދާރާތައް ފެއިލްވެގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
24

ހިޔާލު

 1. މީހެއް

  އެއްވެސް ކަމެއް ރަނގަޅެއް ނުވޭ

  4
  1
 2. މަރީ

  މިހާރު ތިހެންވެސް އެބަ އިންސާފު ޙޯދައިދަެން މަސައްކަތް ކުރޭތާ! ކުރިން އެވަރުވެސް ކުރަން ނުކެރި، އިންސާފު ނުލިބި ދިޔައީ . ގިނަ ކަންކަމުގައި ފުލުހުން ވަރަށް ރަނގަޅުކޮށްފި. ހަމަ ސާބަސް

  7
  5
  • Reema

   Kon kame rangalhuvee eraa mihaaru hama ekache

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް