ކަރަންޓް ބޯޑެއް ހެދުމުގައި ފެނަކައިގެ ދެމުވައްޒަފުން ހަރަކާތްތެރިވަނީ - ފޮޓޯ: ފެނަކަ.ކޮމް

ފީވަކަށް ކަރަންޓް ނުދެވި ލަސްވީ ރަށުގެ ބައެއް ރައްޔިތުންގެ ސަބަބުން : ފެނަކަ

ށ.ފީވަކަށް ކަރަންޓް ނުދެވި ލަސްވީ ރަށުގެ ބައެއް ރައްޔިތުންގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންއިން މިހެން ވިދާޅުވެ މިރޭ ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ތިން ދުވަހެއްގެ މަތިން ފެނަކައިގެ ޓެކްނިކަލް ޓީމު ފީވަކަށް ގޮސް އެރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ޙައްލުކުވޭތޯ މަސައްކަތް ކޮށްފައިވެއެވެ.

މިތިން ދުވަހު ވެސް ޓެކްނިކަލް ޓީމުގެ ހުރަހަކަށްވީ ފީވަކު ރައްޔިތުންކަމަށް މިނޫސް ބަޔާނުގައިވެއެވެ.

16-05-2019 ވަނަ ދުވަހު ޓެކްނިކަލް ޓީމު ފީވަކު ބްރާންޗްގައި ޕެނަލްގެ މަސައްކަތެއް ކުރަމުން ދަނިކޮށް އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށްވަދެ އަޑުގަދަކުރުމުގެ ސަބަބުން މަސައްކަތުގެ މާޙައުލު ގެއްލި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެފައިވާކަން މިބަޔާނުގައި ވެއެވެ. އަދި އެދުވަހު ޕެނަލްގެ މަސައްކަތް ކުރުމަށް ކަރަންޓް ކަނޑާލީ އެކަން އިޢުލާންވެސް ކޮށްފައިކަމަށް ފެނަކައިން ވިދާޅުވެއެވެ.

24-05-2019 ވަނަ ދުވަހުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ފީވަކް ފެނަކަ ބްރާންޗްގެ އިންޖީނު ރޫމަށާއި ކޮންޓްރޯލް ރޫމަށްވަދެ މުވައްޒަފުންނަށް ބިރުދައްކާ ރަށުން ކަރަންޓް ކަނޑާލާފައިވާކަމަށް މިބަޔާނުގައިވެއެވެ. އަދި ގިނައިރުތަކަކަށްފަހު އެދުވަހު ރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަށް ފޯރުކޮށްދެވުނީ ކައުންސިލާއި ރައްޔިތުންގެ ތެރެއިން ބަޔާކާ ވާހަކަދެއްކުމަށް ފަހުގައި ކަމަށްވެއެވެ.

އަދި މިބަޔާނުގައި ވާގޮތުން 24-05-2019 ދުވަހުގެ ރޭ (ހުކުރު ދުވަހުގެރޭ) ވެސް އިންޖީނަށް ދިމާވި މައްސަލައަކާއެކު ރަށުން ކަރަންޓް ކެނޑުނުތަނާހެން ރަށުގެ ރައްޔިތުން ތަކެއް އިންޖީނުގެއަށް ވަދެ މަސއްކަތުގެ މާޙައުލު ގެއްލުވާލައި ކަރަންޓްގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް ދެކޮޅުހަދާފައިވެއެވެ.

އަދި އެދުވަހު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވުނީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ކަރަންޓް ދިނުމާއި ދެކޮޅުހަދާ މީހުންނާ ދެކޮޅަށް ނިކުމެ ކަރަންޓްގެ ޚިދުމަށް އިޔާދަކުރުމަށް އެދުމުންކަމަށް މިބަޔާނުގައި ވެއެވެ.

ފީވަކަށް ކަރަންޓް ދެވޭވަރަށް އެރަށުގައި ޖެނެރޭޝަން ކެޕާސިޓީ ޤާއިމުކުރެވިފައި އެބަހުރިކަމަށާއި އަދި ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތަށް ޙައްލުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށް މިނޫސްބަޔާނުގައިވެއެވެ.

ފީވަކުގެ އެންމެ މަތީ ވޯޓަކީ 200 ކިލޯ ވޯޓެވެ. ފީވަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 3 ޖެނެރޭޓަރެއް ބޭނުން ކުރަމުންދާއިރު އެޖެނެރޭޓަރު ތަކަކީ 180 ކިލޯވޯޓުގެ ޖެނެރޭޓަރަކާއި 128 ކިލޯވޯޓުގެ ދެޖެނެރޭޓަރުކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ފީވަކުގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށް ކުރިންވެސް ރޭވިފައިވާ ގޮތަށް ކަންތައްތައް ކުންފުނިން ކުރަމުންދާއިރު ފީވަކު ބަޔަކު ރާވައިގެން ކުންފުނީގެ މަސައްކަތަށް ހުރަސް އަޅަމުންދާތީ އެކަމާ ހިތާމަކުރާކަމަށް ފެނަކއިގެ މިނޫން ބަޔާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ