ހއ.ހޯރަފުށީގައި ފުލުހުން ދުއްވި ވެހިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:45 ހާއިރުއެވެ.
މި އެކްސިޑެންޓުގައި ފުލުހުން ދުއްވި ވޭން ހޯރަފުށީ ބަނދަރު ސަރަހައްދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައިވާއިރު، ފުލުހުންގެ ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މަގުބައްތި ދަނޑިއަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ފުލުހުން ވިދާޅުވީ، ހޯރަފުށީގައި ފުލުހުން ދުއްވި ވެހިކަލެއް ބަނދަރު ސަރަހައްދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
މި ހާދިސާގައި ފުލުހުންގެ ވެހިކަލަށް ގެއްލުން ލިބުނު ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.