ކުޅުދުއްފުށީ ފިހާރައަކުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ފިހާރައަކުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށި ފިހާރައަކުން ވައްކަން ކޮށްފައިވާ ކަަމަށްބުނެ މެއި 23 ވަނަ ދުވަހުގެ  20:30 ހާއިރު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށްނަަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ސިމްކާޑެއް ފެނިފައިވާކަމަށާއި އަދި އެ ފިހާރައިން ވަގަށްނަގާފައިވާކަމަށް ބެލެވޭ 3790 ރުފިޔާ އެރަށުގެ ފުށްޓަރު ފަރާތު އަތިރިމަތިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ