ދެކުދިންނާއި ޖިންސީގޯނާކުރި މީހާގެ ބަންދަށް 12 ދުވަސް ޖަހައިފި

ހުކުރު ވިލޭރޭ ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާ ޖިންސީ ގޯނާ ކުރިކަމަށް އިއުތިރާފުވެ ހައްޔަރު ކޮށްފައިވާ ހަސަން އަލީގެ ބަންދަށް 12 ދުވަސް ހުޅުމާލޭ ކޯޓުން މިއަދު ޖަހައިފިއެވެ.

ހަސަން އަލީ ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަޔަކު ނިކުމެ އޭނާ ގަންހިންގުވައި ހުޅުމާލެއިން ދެ ކުދިންނާ ބެހުނު މައްސަލައިގައި ސުވާލުކުރުމުން އެކަމަށް އިއުތިރާފް ވެފައި ވަނިކޮށެވެ. އަދި ކުޑަ ދެ ކުދިންނާ ދޭތެރޭ އޭނާ ކަންތައްކުރި ގޮތް އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ އާންމުކޮށްފައި ވެއެވެ.

ހަ އަހަރާއި އަށް އަހަރުގެ ފިރިހެން ދެ ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ 1:00 ހާއިރެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މި އަމަލު ހިނގި ފަރާތް ހޯދުމުގެ ކުރިން ފުލުހުން މިމީހާ ހައްޔަރު ކޮށްފައި ނުވާތީވެ މިކަމުގެ ފާޑުކިޔުން ފުލުހުންނަށް ވަރަށްބޮޑަށް އަމާޒު ވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ