ފުލުހުންގެ ސްޓާފް ސާޖެންޓަކު ދެ ފިރެހެން ކުދިންނާ ޖިންސީ ގޯނާކުރި މައްސަލަ ބަލަނީ

މޯލްޑިވްސް ޕޮލިސް ސާވިސްގައި ސްޓާފް ސާޖެންޓެއްގެ މަގާމުގައި ހުރި ފުލުހަކު ދެ ފިރެހެން ކުދިންނާ ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަން ފަށައިފިއެވެ.

ދުވަސް ނޫހުން މީޑިއާއަށް ތިލަކޮށްފައިވާ މި ޚަބަރުގައި ވާގޮތުން މި ފުލުސް މީހާއަކީ މަޝޫރު ވޮލީ ކުޅުންތެރި އެކެވެ. އަދި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފުރަތަމަ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދެވަނަ މައްސަލަ ބަލަން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޖެންޑަރ މިނިސްޓުރީގެ އޮފިޝަލަކާއި ހަވާލާދީ ދުވަސް ނޫހުން ބުނެފައިވަނީ، 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެބްރުއަރީ 28 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި އެ ކުއްޖާއަށް ރައްކާތެރި މާހައުލެއް މިހާރު ގާއިމްކޮށްދީފައިވާކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނޯޕޭ ނެގުމަށްފަހު މި ފުލުސް މީހާ އުޅެމުން އަންނަނީ ލަންކާގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުޙައްމަދު ފިކުރީ

    ޖިންސީ ގޯނާއޭ ނުކިޔާ ފިރިހެންކުޅިއޭ ކީއްޔާ މާރަނގަޅެއްނޫންތަ؟ މީނަ ފިރިހެންކުޅި ކުޅެނީ ކީއްވެތޯ ބަލަން ބޭނުމެއްނޫންތަ؟

  2. ޝަމީމް

    ދެރަކަމެކޭ ހައްމަތަ ނޫނީ **** ކޮއްލެވޭ
    ވަރުގެ އަންހެނަކު ނުލިބުނީތޯ މިއުޑުހިޔަ ދަށުން
    މައްސަލަ ބަލަންވީ އެތް ނޫން ހިފަހައްޓާ ބަހައްޓާފަ *** ކޮއްލަންވީ އޭރުން އޮންނާނީ މައިތިރިވެފަ ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ