"ރައްޔިތުންނަށް އަތްދޮންނަން ޖައްސާފަ، ސަރުކާރުން ދޮވެލީ ދަޢުލަތް"

ރައްޔިތުންނަށް އަތްދޮންނަން ޖައްސާފަ ސަރުކާރުން ދޮވެލީ ދަޢުލަތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަފުޅު ދައްކަވަމުން ޝިޔާމްވިދާޅުވީ، ރައްޔިތުން ބޭނުންވަނީ މިއަދު އޮތް ހާލަތުން ބަދަލުވާނެ ގޮތެއްކަމަށާއި، މިސަރުކާރުން ހާލަތު ބަދަލުކުރަން ކިތަންމެ ވާހަކަ ދެއްކިނަމަވެސް، އެވާހަކަތައް ދިމާ ނުވާކަން މިއަދު ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށެވެ.

ޝިޔާމް ވިދާޅުވީ އޭނާ ޤަބޫލުކުރާ ގޮތުގައި ރާއްޖެ މިހާލަތަށް ގޮސްފައިމިވަނީ، ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ފޮރިންގ ޕޮލިސީގެ ވަރުގަދަކަމުންކަމަށެވެ. އެހެންކަމުން ރަނގަޅު ގޮތަކީ އަދި ތާޙިރުވާނީވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޒަޢާމަތުގެ ކަންކަންހުރިގޮތުގެ ވާހަކަ ޢަބްދުﷲ ޝާހިދު ނުދެއްކެވުންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އަތް ދޮންނާށޭ ކިޔާފަ 7 މަސް ދުވަސްވަންދެން ރައްޔިތުން ގެއަށް ވެއްދި. ރައްޔިތުން އަތްދޮވުނީ ވަރަށް ކިޔަމަންތެރިކަމާއެކު، ގައިދުރުކޮށްގެން. ރައްޔިތުން އަތްދޮންނަން ތިއްބައި ފެނިގެން މިދިޔައީ ދަޢުލަތް ދޮވެލިތަން." ޝީޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ގިނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން މިސަރުކާރުގެ ކޮރަޕްޝަންގެ އެތަށް މައްސަލައެއްވަނީ ފެންމަތިވެފައެވެ.

އަދި ރިޒޯޓުގައި މަސައްކަތްކުރަމުންދިޔަ ޒުވާނުން ތާ އަބަދަށް ގެއަށް ފޮނުވާލިކަމަށާއި، ފޮނުވާލުމަށްފަހު ފައިސާ ހޯދަން އޮތް އިތުރު މަގުތައްވެސް ސަރުކާރުންވަނީ ބަންދުކޮށްފައިކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއިން އޮންލައިން ވިޔަފާރިއަށް ހުރި ހުރަސްތަކުގެ ވާހަކަތައް ޝިޔާމްވަނީ ދައްކަވާފައެވެ.

ދާންދޫ ދާއިރާގެ މެންބަރު ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ މެންބަރެއްގެ ގޮތުގައި ހިމެނިގެން ނުވާނެކަމަށާއި، އެއީ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރެއްވިކަމަކަށްވާއިރު، ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށްވެސް މި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވިއެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން އިދިކޮޅުން ސުޕްރީމް ކޯޓަށް ދަނީ!

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ