އިތުރު 99 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

އިތުރު 99 މީހުން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 99 މީހުން ޕޮޒިޓިވުވެފައިވާ ކަމަށެވެ.

އަލަށް މިބައްޔަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 65 ދިވެހިންނާ، 34 ބިދޭސީންނެވެ. އަދި މިފަރާތްތަކުގެ ތެރެއިން 92 މީހުން މާލެއިން ޕޮޒިޓިވުވިއިރު ހަތް މީހުން ޕޮޒިޓިވުވެފައިވަނީ އަތޮޅުތެރޭ ރައްތަކުންނެވެ.

މުޅި ޖުމްލަ މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 134،520 ސާމްޕަލް ނަގައިފައިވާއިރު މުޅި ޖުމްލަ މިހާތަނަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 9,427 އެވެ.

ފާއިތުވެދިޔަ ހަފްތާއާއި އަދި މިހަފްތާގައި އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިފައިވާއިރު މި އަދަދު މިގޮތުގައި ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އަޅައިފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ދަބާވުމަށް އެފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ