20 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް 70 މީހުން

އަތޮޅުތެރޭގެ 20 ރަށެއްގައި ކޮވިޑް-19ގެ އެކްޓިވް 70 ކޭސް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 20 ރަށެއްގައި 70 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 29 ރިސޯޓަކުން 20 ފަތުރުވެރިންނާއި 47 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނީ، ރޭ 18:00 އިން މިރޭގެ 18:00 އިތުރު 99 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 9427 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 31 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ