އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ - ފޮޓޯ: ރައީސް އޮފީސް

ޕްރިންސިޕަލުންގެ އުޞޫލު އަލުން މުރާޖަޢާކުރަނީ

ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުޞޫލު ގުޅިގެން ގިނަ ބައެއްގެ ކަންބަޑުވުމާއި ފާޑުކިޔުން އަމާޒުވުމުގެ ސަބަބުން އަލުން އެއުޞޫލު މުރާޖަޢާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ސަރުކާރުގެ ސުކޫލުތަކަށް އެމިނިސްޓްރީން މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ، "ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުޞޫލު"އާ ގުޅިގެން އެކިފަހަރު މަތިން ތިޔަބޭފުޅުން އަޅުގަނޑުމެންނާ ޙިއްސާކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ އުޞޫލު މުރާޖަޢާކުރުމުގެ މަސައްކަތާއި، އުޞޫލާ ގުޅިގެން ހަދާ ޤަވާއިދު ހެދުމުގެ މަސައްކަތް ތިޔަބޭފުޅުންގެ ބައިވެރިވުމާއެކު، ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

އަދި މި އުޞޫލާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނީ އުޞޫލުގައިވާ ގޮތަށް، ޤަވާއިދު ޢާއްމުކުރުމަށްފަހު އެއާ އެއްގޮތަށްކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

މިނިސްޓްރީން އަލައް އެކުލަވާލި މިއުސޫލުގައިވާ ގޮތުން އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ގިނަވެގެން މަސައްކަތް ކުރެއްވޭނީ ވެސް އަށް އަހަރެވެ. ޓެނުއަޝިޕްގެ މުއްދަތު ހަމަވުމުން އެ ޕްރިންސިޕަލް ޖެހޭނީ އެހެން ސްކޫލަކަށް ބަދަލުވާށެވެ. އެ މުއްދަތުގައި ވެސް ޕްރިންސިޕަލަކު ހުންނެވި ސްކޫލު ބަދަލުކުރުމުގެ ބާރު، އެ ކޮމިޓީއަށް ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ