ނަޒޫގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ޕާސަނަލް ސެކްރެޓަރީކަން ކުރައްވާ އަދި މިނިސްޓަރ އޮފް ޔޫތް ސުޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)ގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ސިޔާސީ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވާން ފެށި ނަޒޫގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. މީސްމީޑިއާ ވެބްސައިޓަކުން އެކައުންޓެއް ވެރިފައި ކުރުމުގެ މާނައަކީ އެއެކައުންޓެއް ތަމްސީލް ކުރާ ފަރާތެއް ބޭނުންކުރާ ހާއްސަ އެކައުންޓަކީ ކޮބައިކަން އަންގައި ދިނުމެވެ.

ރާއްޖޭގެ ބަޔެއް ސިޔާސީ އިސްފަރާތްތަކާއި އަދި ބަޔެއް އެކްޓިވިސްޓުންގެ އެކައުންޓުތައް ފޭސްބުކުން މިގޮތަށް ވެރިފައި ކޮއްފައިވާއިރު ނަޒޫ ފާހަގަ ވެގެންދަނީ މިގޮތައް ރާއްޖެއިން ފޭސްބުކް އެކައުންޓެއް ވެރިފައިކުރި ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައެވެ.

ވެރިފައި ކޮއްފައިވާ ނަޒޫގެ ފޭސްބުކް އެކައުންޓް

ނަޒޫ ސިޔާސީ ޕޯޑިއަމްތަކުން އާންމު ގޮތެއްގައި ނުފެނުނު ނަމަވެސް މީސްމީޑިއާ ވެބްސައިޓުތައް ކަމަށްވާ ފޭސްބުކް އަދި ޓުވިޓާގައި ނަޒޫގެ އަޑަކީ ވަކި މަޑު އަޑެއް ނޫނެވެ. ނަޒޫގެ ޓުވިޓާގައި ފޮލޯވަރުންގެ އަދަދު އުޅެނީ 19 ހާހަށްވުރެ މަތީގައެވެ.

މިލިޔުން ކިޔާލުމުން
154
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ދޮންބެ

    މައުލޫމާތު ހޯދައިގެން އަރޓިކަލް ލިޔެބަލަ. ހިތަށް އައިހާ އެއްޗެއް ލިޔުނީމަ ނޫހުގެ އިތުބާރު ގެއްލި އަގު ވެއްޓޭނީ. މަހޭ ބުނެގެން ލިޔުނަސް ތެދު ހަބަރު ލިޔަން ޖެހޭނީ. ފޭސްބުކް އެކައުންޓް އެންމެ ފުރަތަމަ ވެރިފައި ކޮށްދިން ރާއްޖޭގެ އަންހެން ކަނބަލަކީ އުނޫޝާ.

  2. އައި

    އާއިލީ ވެރިކަމޭ މަހާނައޭ މިހާރު ނުކިޔާނެ….ނަގޫ ފިތިފަ…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ