ދިވެހި ޒުވާން ފިރިހެނެއްގެ ނޭވާ ހޮޅީގެ ތެރެއިން ޕިނެއް ނަގައިފިއެވެ.
އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު އެހޮސްޕިޓަލްގެ ޑޮކްޓަރުންގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓުން އުމުރުން 25 އަހަރުގެ ފިރިހެނެއްގެ ނޭވާ ހޮޅީގެ ތެރެއިން ޕިނެއް ނަގާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މިކަމާގުޅޭ އިތުރު ތަފްޞީލެއް އެފަރާތުން ނުދެއެވެ.
Doctors of Department of Respiratory Medicine removed a pin from left main bronchus of a 25 year old male on 25.05.2019 pic.twitter.com/W898lkm2yb
— IGMH (@igmhmv) May 26, 2019
ފުއްޕާމޭގެ ތެރެއަށް ޕިން ގޮސްގެން މީގެ ކުރިން ވެސް އައިޖީއެމްއެޗް އިން އެފަދަ ހާދިސާތަކުގައި ޕިން އެތެރެހަށިން ނަގާފައިވެއެވެ.
2014 ވަނަ އަހަރު 14 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ވެސް ޕިނެއް ނަގާފައިވެއެވެ.
ޕިނަކީ ދިވެހި އަންހެންކުދިން ޒީނަތްތެރިވުމަށް ގެންގުޅޭ ވަރަށް މަޤުބޫލު އެއްޗެކެވެ.
ޕިން ނޭވާ ހޮޅީގެ ތެރެއަށް ދަމައިގަތުމުގެ ހާދިސާތައް ގިނައިން ހިނގާފައި ވަނީ ބައެއް އަންހެނުން ބުރުގާ އެޅުމުގެ ކުރިން ތުންފަތުން ޕިނުގައި ހިފަހައްޓައިގެން ހުރުމުގެ ތެރޭގައި އެތެރެއަށް ނޭވާ ދަމާލެވިގެންނެވެ. މިއީ ބައެއް ހާލަތްތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށް ވާތީ ޕިން ފަދަ ތަކެތި ގެންގުޅުމުގައި ސަމާލުވުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާދެއްވައެވެ.




