މާލޭމަގުމަތިން ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މަންޒަރެއް ނުފެނޭ: ޑރ. އަފްޒަލް

މާލޭގެ މަގުމައްޗަށް ބަލާލުމުން ބޮޑު ބަލިމަޑުކަމެއް މުޖުތަމައުގައި ފެތުރިގެންދާ މަންޒަރު ނުފެންނަ ކަމަށް ޓެގް ޓީމްގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މާލޭގެ މަގުތަކަށް ބަލާއިރު ބަލިމަޑުކަމެއް ފެތުރެމުންދާ ތަނަކުން ފެންނަންޖެހޭ ފަދަ މަންޒަރެއް ނުފެންނަކަމަށާއި، މާލޭގެ މަގުތަކުން ފެންނަނީ ގިނަ ބަޔަކު ޙަރަކާތްތެރިވާ މަންޒަރާއި ގުރޫޕު ހަދާފައި އުޅޭ މީހުން ކަމަށެވެ.

މިއީ ބަލިމަޑުކަމެއް ފެތުރެމުންދާއިރު ކަންބޮޑުވާންޖެހޭފަދަ ކަންތައްތަކެއް ކަމަށާއި، އަދި ބަލި ފެނިފައިވާ އެއްވެސް ރަށެއްގައި މީހުން އެއްވެ އުޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ގިނަ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށް ޑރ. އަފްޒަލް ވަނީ ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކުރައްވާފަ އެވެ.

ފިނޮޅުތަކަށް މިފަދަ ހާލަތެއްގައިދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާ ޑރ. އަފްޒަލް ވަނީ އެފަދަ ކަންކަން މިދުވަސްކުރުން ރަނގަޅު ނޫންކަން ފާހަގަކުރައްވާފަ އެވެ. ޑރ. ވަނީ މިހާރު ފިޔަވަޅުތައް އަޅާފައި ހުރިއިރު ވެސް ކޮވިޑް ކޭސްތައް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ވެސް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ