ފޮޓޯ: ދަ އެޑިޝަން

2030 ގައި ރަނގަޅު ކާނާ ނުލިބޭ މީހުން 330 މިލިއަނަށް އަރާނެކަމަށް ލަފާކޮށްފި

2030 ގައި ރަނގަޅު ކާނާ ނުލިބޭ މީހުން 330 މިލިއަނަށް އަރާނެކަމަށް އެފްއޭއޯ އިން ލަފާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) އިން އިންތިޒާމްކޮށްގެން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ކޮންފަރެންސްގެ ތެރެއިންނެވެ. މި ކޮންފަރެންސް 1 ސެޕްޓެމްބަރ 2020 ގައި ވަނީ ފަށައިފައެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރި މީހުންގެ ފުރާނައަށް ނުރައްކާވެ އާންމު ދިރިއުޅުން ގެއްލުމަށް ހުށައެޅިފައިވާ އިރު، ބަނޑުހައިހޫނުކަމާއި ރަނގަޅު ކާނާގެ ދަތިކަން އޭޝިއާ ޕެސިފިކް ސަރަހައްދުން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ދަތިތަކެއް އުޅޭކަމަށާއި ނުރަނގަޅު ކާނާ ނުލިބޭ މީހުންގެ ބޮޑު އާބާދީއެއް މިހާރު ވެސް އޭޝިއާގައި ސަރަޙައްދުގައި އުޅޭއިރު، 2030 ގައި މިއަދަދު 330 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް އެފް.އޭ.އޯއިން ވިދާޅުވިއެވެ.

46 ގައުމެއްގެ މަންދޫބުން ބައިވެރިވާ މި 4 ދުވަހުގެ ވާރޗުއަލް ކޮންފަރެންސް މި އަހަރު ހާއްސަކުރެވިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އޭޝިއާ ޕެސިފިކް ސަރަހައްދަށް ދިމާވެފައިވާ މާލީ އަދި އިޤްތިސޯދީ ދަތިތަކާއި އަދި ދަތިތައް ނައްތާލުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށެވެ.

އޭޝިއާ ޕެސިފިކް ގައުމުތަކުން 675 ބައިވެރިން ބައިވެރިވި މި ކޮންފަރެންސްގެ ސެކްރެޓޭރިއޭޓް ބަލަހައްޓާފައިވަނީ ބޫޓާން ސަރުކާރުގެ ފަރާތުންނެވެ. މި ކޮންފަރެންސް ކުރިއަށްދާނީ 4 ސެޕްޓެމްބަރ ގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ