ސްކޫލް ދަރިވަރުންތަކެއް | ފޮޓޯ: ވަގުތު

ކުރިޔަށް ދެ ހަފްތާގައިވެސް މާލޭގެ ސްކޫލްތައް ނުހުޅުވަން ނިންމައިފި

ކުރިޔަށް އޮތް ދެ ހަފްތާވެސް މާލޭގެ ސްކޫލަތައް ނުހުޅުވަން ނިންމައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް 2 ހަފްތާގެ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެހެން ކަމުން 20 ސެޕްޓެމްބަރ 2020 -1 އޮކްޓޯބަރ 2020 އާއި ހަމައަށް މާލެގެ ސްކޫލްތަކުގައި ދަރިވަރުން ގެންގޮސްގެން ކިޔަވައި ދިނުމެއް ކުރިޔަކަށް ނުގެންދާނެއެވެ.

ނަމަވެސް ކިޔަވައި ދިނުން އޮންލައިން ކޮށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ދެ ހަފްތާ ފަހުން މުރާޖަޢާ ކުރެވޭނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވައި އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައި ދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، ސްކޫލްތައް ބަންދުކޮށްފައިވާ މުއްދަތު އަންނަނީ ކޮންމެ ދެހަފްތާއަކުން ދެހަފްތާއަކުން އިތުރު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ