އިތުރު 67 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

އިތުރު 67 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު މީޑިއާއަށް ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 67 މީހުން ޕޮޒިޓިވުވެފައިވާ ކަމަށެވެ.

އަލަށް މިބައްޔަށް ޕޮޒިޓިވުވި 67 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާ 23 ބިދޭސީންނެވެ. މި މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 62 އެވެ. އަދި އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވި މީހުންގެ އަދަދަކީ ފަހެކެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާތަނަށް 135،958 ސާމްޕަލް ނަގައިފައިވާއިރު މުޅި ޖުމްލަ މިބައްޔަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 9،494 އެވެ. މިހާތަނަށް މުޅި ޖުމްލަ 8،033 މީހުން މިބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،422 އެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރު 1،422 އުޅޭއިރު މީގެތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބަލިމީހުންގެ އަދަދަކީ 104 އެވެ. ކޮވިޑް-19 އަށް ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވާ މީހުންގެ އަދަދު މިހާރު 100 އަށްވުރެ މަދު ކުރެވިފައިވާއިރު މި އަދަދު މިގޮތުގައި ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އަޅައިފައިވާ ފިޔަވަޅުތަކާއި އެއްގޮތައް އެންމެހާ ރައްޔިތުން އަމަލު ކުރުމަށް އެފަރާތްތަކުން އިލްތިމާސް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ