29 ރިސޯޓެއްގައި ކޮވިޑްޖެހިފައިވާ 69 މީހުން

ކޮވިޑް-19 ޖެހިފައިވާ މީހުން 20 ރަށެއްގައި އަދި 29 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 20 ރަށެއްގައި 72 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 29 ރިސޯޓަކުން 21 ފަތުރުވެރިންނާއި 48 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެ ރިސޯޓްތަކުގެ މައުލޫމާތު އެޗްޕީއޭ އިން ހާމަ ކޮށްފައެއް ނުވެއެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނީ، ރޭ 18:00 އިން މިރޭގެ 18:00 އިތުރު 67 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 9494 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 31 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ