ދެކުނުގެ މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު ހެނދުނު 09:00 އިން އިން ފެށިގެން މެންދުރު 12:00 އާ ދެމެދުގެ ވަގުތުތަކުގައި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރުނުއިރު މިއަދު ހެނދުނު 08:00 އިން ފެށިގެން ވ.އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.

"މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށްވާ ވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ