ފޮޓޯ: އަވަސް

ދިވެހިންނަކީ ފްލެޓްގައި އުޅެންޖެހޭ ބައެއް ނޫން: އުމަރު

ދިވެހިންނަކީ ފްލެޓްގައި އުޅެންޖެހޭ ބައެއް ނޫން ކަމުގައި ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފެފައި ވަނީ ރޭ ބޭއްވި “ޗެޓް ވިތް އުމަރު” އިވެންޓް ގައި ވާހަކަ ދައްކަވަމުންނެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން މާލޭ ރައްޔިތުންގެ ގޯއްޗާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ފްލެޓެއްގައި ބެއްގެ ހަޔާތް ވޭތުކޮށް ނިންމާކަށް ނުވާނެ ކަމަށާއި ރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުން ވެސް ގަސްތުކުރީ، މާލެ، ކުޅުދުއްފުށީ، ދިއްދޫ އަދި އައްޑު އަތޮޅު ރައްޔިތުން ވެސް ހުރިހާ ބިންތައް އޮށްވާ ފްލެޓަށް ވައްދަން ކަމަށެވެ.

"ހަގީގަތުގައި ދިވެހިންނަކީ ފްލެޓްގައި އުޅެންޖެހޭ ބައެއް ނޫން. ނަމަވެސް މާލެ ކަހަލަ ބައެއް ރަށްރަށުގައި ކޮންމެސް ބޭނުންތަކެއްގައި ފްލެޓް ހުންނަން ޖެހިދާނެ. އެކަމަކު ދިރިއުޅުމުގެ ބޭނުމުގައި ހެޔޮނުވާނެ ފްލެޓްގައި އުޅެން. އެވަރުގެ ކުޑަ ތަނެއްގައި މަރުވަންދެން އުޅޭ ތަނެއްގޮތުގައި ދިރިއުޅެން ނުވާނެ." އުމަރު ވިދާޅުވިއެވެ.

އަޅުގަނޑު ފްލެޓް ކޮންސެޕްޓާއި މުޅިން ދެކޮޅު ކަމަށާއި އަޅުގަނޑު ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ލިބެން ކަމަށާއި ދިވެހިރާއްޖެ، ދިވެހިރާއްޖެ އަކަށް ވަނީ މި ޖެހޭ ހިތްފަސޭހަ ވައިރޯޅިއާއި އަޅުގަނޑުމެނގެ ގޮނޑުދޮށްތަކާއި ހުރިހާ އެއްޗެއް އެއްކޮށްލުމުން ކަމުގައި އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު އިތުރަށް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ދިވެހިންގެ ދިރިއުޅޫން ބައްޓަން ކުރަންވާނީ މި އަރާމުގެ ތެރެއަށް ދިވެހިންނަށް ވަދެވޭ ގޮތައް ކަމަށާއި އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ބޭފުޅުންނަށް ވެސް ގޯތި ގެދޮރު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ އަޅުގަނޑުގެ ފަސް އަހަރު ނިމޭއިރު 75 ޕަސެންޓް ހަމަޖައްސާނެ ކަމަށާއި ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ގޯތި ގެދޮރުގެ މައްސަލަ އޮންނާނީ ހަމަޖެހިފަ ކަމަށް އުމަރު ވިދާޅުވިއެވެ.

"މާލެ ސަރަހައްދުން ގޯތި ދޭނެ ބައިވަރު ތަންތަން އެބަހުރި. އެގޮތުން ގުޅީފަޅު، ތިލަފުށި އިތުރަށް ހިއްކެން އެބައޮތް، ގަލުފަޅު އަދި ދިޔަގަނޑު ވެސް މާލެ ކައިރީ އޮންނާނެ. އަޅުގަނޑުގެ ވިސްނުމަކީ ސީދާ ގޯތި ގެދޮރުގެ ވިސްނުން. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ، ހާއްސަކޮށް މާލެ އާއި ބޮޑެތި ރަށްރަށް ފަދަ ކުޅުދުއްފުށީގައި ތިބި މީހުންގެ ގޯތި ގެދޮރުގެ މައްސަލަ ހަމަޖައްސަދޭނަން" އުމަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
212
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ