މަސައްކަތަށް ދިއުމަށް "ރޮކް"، ގޭ ދޮރާށި ނަގާ އެއްލާލައިފި!

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން(ދި ރޮކް) ދިރިއުޅޭ ގެއިން ކަރަންޓު ދިއުމުގެ ސަބަބުން، ގޭގެ މައިދޮރު ނުހުޅުވުމުން، މަސައްކަތަށް ދިއުމަށް ލަސްވާތީވެ ރޮކްް ގޭގެ ދަގަނޑު ގޭޓް އަތުން ނަގާ ހޫރާލައިފިއެވެ،

ރޮކް މި ހާދިސާ ހިނގާ ދިޔަގޮތް ކިޔައިދީ ފޭސްބުކްގައި ވަނީ ދިގު ޕޯސްޓެއްވެސް ކޮށްފައެވެ. ރޮކް މި ޕޮސްޓްގައި ބުނީ، ތޫފާނެއް އައިސް ވައިގަދަވުމުގެ ސަބަބުން، ރޮކްގެ ގެއިން ކަރަންޓް ދިއުމާއި ގުޅިގެން ގެއިން ނުކުންނަން ހުންނަ އިލެކްޓްރޯނިކް ގޭޓް ނުހުޅުވުނީކަމަށެވެ. އެހެންކަމުން ގޭޓްގެ ހައިޑްރޯލިކް ސިސްޓަމް ނިއްވާލައިގެންވެސް ގޭޓް ނުހުޅުވުނީކަމަށެވެ. އެހެންކަމުން ހުޅުވުމުގެ މަސައްކަތް ކުރުމަށް ޓެކް ކޮމްޕެނީއަކަށް ގުޅިކަމަށާއި ނަމަވެސް، ވަގުތު ނެތުމުން ގޭޓް ނަގާ އެއްލައިލަން އޭނާއަށް މަޖުބޫރުވީކަމަށް ރޮކް ބުންޏެވެ.

ރޮކް ބުނީ، އެވަގުތަކީ ޝޫޓިންއަކަށް ދިއުމަށް ގެއިން ނުކުތް ވަގުތުކަމަށާއި، އަދި ސަތޭކައަށް ވުރެ ކްރޫ މެންބަރުން މަސައްކަތް ފެށުމަށް އޭނާއަށް އިންތިޒާރުކުރަމުން ދާނެކަމަށާއި، އެހެންކަމުން ގަޑި ޖެހޭތީވެސް އެކަން އެގޮތަށް ކުރީކަމަށެވެ. އެގޮތުން އޭނާ އަމިއްލައަށް ދަގަނޑު ގޭޓެއް އަތުން އުފުރާ، ވިނަގަނޑު މައްޗަށް އެއްލާލާފައިވާ، ގޭޓްގެ ފޮޓޯވެސް ރޮކް ވަނީ ހިއްސާކޮށްފައެވެ.

Not my finest hour ??‍♂️, but a man’s gotta go to work. We experienced a power outage due to severe storms, causing my...

Posted by Dwayne The Rock Johnson on Friday, 18 September 2020

ރޮކް އިތުރަށް މި ޕޯސްޓްގައި ބުނެފައިވަނީ، އޭގެ އެއްގަޑިއިރު ފަހުން އޭނަގެ ސެކިއުރިޓީ ޓީމުން ގޭޓް އަލުން ހެދުމަށް ޓެކްނީޝިއަންސް ގެނައިކަމަށެވެ. ނަމަވެސް އޭނާ އަމިއްލައަށް ގޭޓް ނައްޓާލިކަމަށް ބުނުމުން އެމީހުންވެސް ހުރީ ޤަބޫލުކުރަން ދަތިވެ ބިރުގަނެފައިކަމަށް ރޮކް ވަނީ ބުނެފައެވެ.

ރޮކް މިހާރު ކުރަމުންދާ މަސައްކަތަކީ، ކުރިއަށް އޮތް ސުޕަހީރޯ ފިލްމް "ބްލެކް އެޑަމް"ގެ ޝޫޓިންގެ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން
613
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ