“ގަމިނި” ގެ ޓްރެއިލާއިން، ބެލުންތެރިން ސިއްސުވާލައިފި!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ދިވެހި ސިނަމާގައި ކުޅަދާނަ ޑައިރެކްޓަރު އަދި ސްކްރީންރައިޓަރ މޫމިން ފުއާދު ގެނެސްދޭ ތަފާތު ސީރީޒްއެއްކަމަށްވާ “ގަމިނި”ގެ ފުރިހަމަ ޓްރެއިލާއެއް ދައްކާލައިފިއެވެ.

މޫމިން ފުއާދުގެ މަސައްކަތްތަކަކީ އަބަދުވެސް ތަފާތު ދައްކުވައިދޭ މަސައްކަތަކަށްވާއިރު، މި ސީރީޒްގެ ޓްރެއިލާއިންވެސް މިއީ ތަފާތު ސީރީޒެއްކަން ހާމަވެގެން ހިންގައްޖެއެވެ. އެގޮތުން ދެ މިނެޓާއި ބާވިސް ސިކުންތުގެ މި ޓްރެއިލާ ފެށިގެން ނިމެންދެން ޝައުގުވެރިކަމާއެކު ބަލާލެވުނުއިރު، މީގެ 80 ގެ އަހަރުތަކުގައި ދިވެހިންގެ އާދަކާދައާއި ސަޤާފަތް ދައްކުވައިދޭ މަންޒަރުތައް މި ޓްރެއިލާއިން ފެނިގެންގޮސްފައިވެއެވެ.

މީގެއިތުރުން، އެންމް ބޮޑަށް ފާހަގަވެގެންދިޔައީ، މި ސީރީޒްގައި ހިމެނޭ އެކްޓަރުންގެ ދައްކުވައިދީފައިވާ މޮޅު އެކްޓިންއެވެ. ދިވެހި ސިނަމާގެ ތަޖުރިބާކާރު ތަރިންތަކަކާއެކު މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންވެސް ފެނިގެންދިޔައިރު، ޓްރެއިލާއިން ފެނިގެންދިޔަ މަންޒަރުތަކުގައި އެންމެންގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ.

Politics that transcend generations. The threads that puppeteer the society. The warmth of privilege. A man rendered…

Posted by Baiskoafu on Thursday, 17 September 2020

މި ސީރީޒްގެ ނަމާއި އެއްވަރަށް މި ފިލްމްގެ ވާހަކަވެސް ތަފާތުވެގެންދާއިރު، މި ފިލްމްގެ ވާހަކައިގެ ތެރެއިން މާޒީ ތާރީޙުގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެއެވެ.

މޫމިންގެ މި ސީރީޒް 80 ގެ އަހަރުގެ ތެރެއަށް ގެންގޮސްދޭއިރު، މިއީ ދިވެހި ސިނަމާގައި މުޅިން އަލަށް އުފައްދާ ޖޯންރާއެއްގެ ސީރީޒެއް ނުވަތަ ފިލްމެކެވެ.

މި ސީރީޒްގައި ފެނިގެންދާ އެއް އެކްޓަރު އަލީ އާސިމް ބުނީ، ”ގަމިނި“ އިން 1980ގެ އަހަރުތައް ފެނިގެންދާނެކަމަށެވެ. އަދި އެގޮތުން މި ސީރީޒުން ފެނިގެންދާނެ އެންމެ ތަފާތު މަންޒަރުތަކަކަށް ވާނީ މީގެ 40 ވަރަކަށް އަހަރު ކުރިން، ދިވެހިން ހެދުން އަޅައި އުޅުނު ގޮތާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތްތައްކަމަށެވެ.

13 އެޕިސޯޑު ހިމެނޭ “ގަމިނި” ގެ ކާސްޓުންގެ ތެރޭގައި، ދިވެހި ސިނަމާގެ ތަޖުރިބާކާރު ތަރިންނާއި އަދި އާ އެކްޓަރުންވެސ ފެނިގެންދާނެއެވެ. އެގޮތުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު އާސިމް، ނިޝާ، މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަޖްނާލް އަލި މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

މިއީ ފައިނަލް ޗެޕްޓާ ސްޓޫޑިއޯއިން ގެނެސްދޭ ފިލްމެކެވެ. އަދި މި ސީރީޒް ޑައިރެކްޓްކުރުމުގެ އިތުރުން ސްކްރީންޕްލޭ ލިޔެފައިވަނީ މޫމިން ފުއާދެވެ.

ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑާއެކު، ސީރީޒް ބައިސްކޯފުން ދައްކަން ފަށާނީ، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު

  1. ނުސިއްސާ

    ސިއްސައިގެން ނުދޭ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް