ބަޑިޖެހުމަށް ބޭނުންކުރާ ރޭންޖްގެ މަސައްކަތް ދަނީ ކުރިޔަށް

ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބަޑިޖެހުމަށް ބޭނުން ކުރާ "ރޭންޖް" މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބަޑިޖެހުމަށް ބޭނުން ކުރާ "ރޭންޖް" މަރާމާތުކޮށް އަލުން ބޭނުން ކުރަން ފެށުމަށް، ރޭވިފައިވާ ޕްލޭންއާއި އެއްގޮތަށް "ރޭންގް" ގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އެގޮތުން "ރޭންޖް"ގެ ސަލާމަތީ މިންގަނޑުތައް އިތުރަށް ޤާއިމްކޮށް މަރާމާތު ކުރަމުންދާކަމަށެވެ.

މި ރޭންޖްގައި ބަޑިޖެހުން ހުއްޓާލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު ކުރީ ކޮޅުއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ އިބްރާޙިމް އާޒިމް ވިދާޅުވީ މިތަނުގެ މަސައްކަތް ކުރިޔަށް ދަނީ މިލިޓަރީ އިންޖިނިއަރުން ގެ ލަފަޔާ އަދި އެމްއެންޑީއެފް ގެ ވެޕަން އިންސްޓަކްޓަރުންގެ ޓެކްނިކަލް ޓީމްގެ ލަފައާއެކު ކަމަށެވެ.

ގިރިފުށީ ބަޑިޖެހުމަށް ބޭނުން ކުރާ ރޭންޖުގައި ބަޑިޖެހުން ހުއްޓާލާފައި ވަނީ އެ ރޭންޖްގައި ސިފައިން ބަޑި ޖަހަމުން ދަނިކޮށް ގިރިފުށި ބޭރުގައި އޮތް "އީގަލް ރޭ" ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި ޖަރުމަނު ފަތުރުވެރިއެއްގެ ގަޔަށް ވަޒަނެއް އެރި ހާދިސާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ