ކޮވިޑް-19 ގެ ހާލަތު ގޯސްވެ އިރާން ތިންވަނަ ރާޅަކާއި ދިމާލަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތު އިރާނުގައި އިތުރަށް ގޯސްވެ ތިންވަނަ ރާޅަކާއި ދިމާއަށްގޮސްދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

އިރާންގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިރާންގައި އުޅެނީ 3000 ވުރެ މަތީގައެވެ. އިރާން ހިމެނެނީ އެންމެ ފުރަތަމަ މި ވައިރަހުގެ އަސަރު ކުރި ގައުމު ތަކުގެ ތެރޭގައެެވެ.

ކޮރޯނާ ވައިރަހުގެ ފުރަތަމަ ކޭސް ފެބްރުއަރީމަހުގެ ތެރޭގައި ފެނުމަށްފަހު ދެމަސް ފަހުން މި ވައިރަހުގެ އަސަރު އިރާނުން ކޮންޓްރޯލް ކުރެވިފައިވަނީ މޭމަހުގެ ތެރޭގައެވެ. ނަމަވެސްް ޕޮސިޓިވް ކޭސްތައް އިތުރުވެ މިދިޔަ ޖޫންމަހުގެ ތެރޭގައި އިރާނުން ވަނީ ކޮރޯނާ ވައިރަހުގެ ދެވަނަ ރާޅަކާއި ކުރިމަތިލާފައެވެ. އެއަށްފަހު ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެ ފާއިތުވި އޮގަސްޓް މަހުގެ ތެރޭގައި ދުވާލަކު ޕޮސިޓިވްވާ އަދަދު 1600 ދައްކުރެވުނު ނަމަވެސް އަނެއްކާވެސް އެ އަދަދު 3000 މައްޗަށް މިހާރު މިވަނީ އަރާފައެވެ.

އިއްޔެ އިރާންގެ ހެލްތް ޑިޕާރޓްމެންޓުން ނެރުނު މައުލޫމާތުތަކަށް ބާލާލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 144 މީހަކު މަރުވެ، އިތުރު 3049 މީހަކު މި ވައިރަހަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި އިރާންގައި މި ވައިރަހުގެ ސަބަބުން މިހާތަނަށް ޖުމްލަ 23,952 ވަނީ މަރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ