އަލްހާން ފަހުމީ - ފޮޓޯ: އޭއޯ ނިއުސް

އަލްހާން ފަހުމީގެ ޓްވިޓަރ އެކައުންޓް ރެސްޓްރިކްޓް ކޮށްފި

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ޓްވިޓަރ އެކައުންޓް ރެސްޓްރިކްޓް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އަލްހާންގެ އޮފީސް ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލްހާންގެ ރަސްމީ ޓްވިޓަރ އެކައުންޓް ކުއްލިއަކަށް ރެސްޓްރިކްޓް ކޮށްފައިވާ ކަމަށާއި ވެގެން އުޅޭގޮތެއް ނޭނގޭ ކަމަށެވެ.

"އެ އެކައުންޓް އަނބުރާ ލިބެންދެން އަޅުގަނޑު ބޭނުންކުރާނީ އަޅުގަނޑުގެ އޮފީހުގެ މި އެކައުންޓް" އޮފީސް އެކައުންޓުން ކުރެއްވި ޓްވީޓްގައި އަލްހާން ވިދާޅުވެފައިވެއެވެ.

އަލްހާންގެ ރަސްމީ ޓްވިޓަރ އެކައުންޓް ރެސްޓްރިކްޓް ކޮށްފައިމިވަނީ 07 ފެބުރުވަރީ 2012 ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވި ހިސާބުން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިމިފައިވާކަމަށް އަލްހާން ވިދާޅުވެފައި ވަނިކޮށެވެ. އަލްހާން މިހެން ވިދާޅުވެފައިވަނީ މިއަދަކީ ކުރީގެ ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއްދުވަސް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ